School Song

ރޫޙީ ޣިޒާދޭ މީ އިފްތިތާޙް، ރޫޙީ ޣިޒާދޭ މީ މަދްރަސާ އިފްތިތާޙް

    މީ މަދްރަސާ، މީ އިފްތިތާޙް             

       ރޫޙީ ޣިޒާދޭ މީ އިފްތިތާޙް، ރޫޙީ ޣިޒާދޭ މީ މަދްރަސާ އިފްތިތާޙް                            

              ތަޢުލީމާ ތަހުޒީބާ މަދަނިއްޔަތު ފަތުރާ                             

ވަކިވުމަކީ ނެތިދިޔުމޭ، އެކުވުމަކީ ބާރޭ

    މި މޮޓޯގައި ހިފެހެއްޓޭނެގޮތުން މީ ބާރޭ

       މި ލަތީފީ މާތް އަދަބާ، އަޚުލާޤީ ހާރޭ

              އަދި ދީނީ އަދި އަދަބީ ޢަމަލީ އަޝްޢާރޭ

****************************

ރޫޙީ ޣިޒާދޭ މީ އިފްތިތާޙް، ރޫޙީ ޣިޒާދޭ މީ މަދްރަސާ އިފްތިތާޙް

            ތަޢުލީމާ ތަހުޒީބާ މަދަނިއްޔަތު ފަތުރާ

****************************

ޔާ ﷲ ހިތް ޠާހިރު ޠުއްލާބުން އެދެވޭ

    ޔާ ﷲ ކުރިއެރުވުން ތަޢުލީމަށް އެދެވޭ

       ޔާ ﷲ މުސްތަޤުބަލް ރޯޝަންވުން އެދެވޭ

              ޔާ ﷲ ތާއަބަދަށް ތައުފީޤަށް އެދެވޭ

***************************

ރޫޙީ ޣިޒާދޭ މީ އިފްތިތާޙް، ރޫޙީ ޣިޒާދޭ މީ މަދްރަސާ އިފްތިތާޙް

    މީ މަދްރަސާ، މީ އިފްތިތާޙް

       ރޫޙީ ޣިޒާދޭ މީ އިފްތިތާޙް، ރޫޙީ ޣިޒާދޭ މީ މަދްރަސާ އިފްތިތާޙް

              ތަޢުލީމާ ތަހުޒީބާ މަދަނިއްޔަތު ފަތުރާ